Ads by Ministry of Arts, Culture and Heritage

ޚަބަރު

ޕެރަލިމްޕިކް ހަރަކާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ވޯކްޝޮޕެއް ފަށައިފި

ޕެރަލިމްޕިކް ހަރަކާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ ވޯކްޝޮޕެއް ފަށައިފި

ރީޖަނަލް ކްލެސިފިކޭޝަން ވަރކްޝޮޕް ފެށުން. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ނޮވެމްބަރު 2026، 10:51

17 ނޮވެމްބަރު 2026، 10:51

ޕެރަލިމްޕިކް ހަރަކާތްތަކުގައި ބައިނަލްއަޤްވާމީ ޕެރަލިމްޕިކް ކޮމިޓީގެ ކްލެސިފިކޭޝަން ނިޒާމު ދެނެގަނެ، ޤައުމީ ފެންވަރުގައި ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި، "އަންޑަސްޓޭންޑިންގ އައިޕީސީ ކްލެސިފިކޭޝަން ސިސްޓަމް: ބިލްޑިންގ ނޭޝަނަލް ކްލެސިފިކޭޝަން ކެޕޭސިޓީ ފޯރ ޕެރަލިމްޕިކް މޫވްމަންޓް"ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ.

މި ވޯކްޝޮޕް ފެށުމަށް ޓަކައި ޔޫތު ހަބުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި ވޯކްޝޮޕް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށް ކަމަށާއި، ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އައިޕީސީ ކްލެސިފިކޭޝަން މޮޑިއުލްތައް އޮންލައިންކޮށް އަމިއްލައަށް ދަސްކުރުމުގެ ސެޝަންތަކެއް ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ބާއްވާ ޢަމަލީ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 16 އިން 18 ނޮވެމްބަރު 2026 އަށް ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ސަރަޙައްދުގެ އެކި ޤައުމުތަކުން އެކި ފަރާތްތައް ބައިވެރިވާނެކަން ކުޅިވަރާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕެރާ ސްޕޯޓްސް ކްލެސިފިކޭޝަނާއި ގުޅޭގޮތުން ސަރަހައްދީ ގައުމުތަކުގެ ކަމާއި ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމެވެ. އަދި މި ބައްދަލުވުމުގައި، ކްލެސިފިކޭޝަންގެ މައިގަނޑު އުޞޫލުތަކާއި، އޭގެ މަރުޙަލާތަކުގެ އިތުރުން ޕެރަލިމްޕިކް ހަރަކާތުގައި މި ނިޒާމުގެ މުހިންމުކަން އަންގައިދީ ބައިވެރިންގެ ޤާބިލުކަން އިތުރުކުރާނެއެވެ.

މީގެއިތުރުން، އެ ބައިވެރިއަކު ނިސްބަތްވާ ޤައުމެއްގެ ނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އެންޕީސީ) ތަކުގައި ހަރުދަނާ ޤައުމީ ކްލެސިފިކޭޝަން ނިޒާމެއް ޤާއިމުކޮށް، ތަރައްޤީކޮށް އަދި ހިންގުމަށް ބޭނުންވާ ޢަމަލީ ތަޖުރިބާއާއި މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެކެވެ.

މި ވޯކްޝޮޕް ނިމުމުން، ބައިވެރިވެރިންނަށް ކުރެވޭނެ ކަންކަން:

  •  ޕެރާ ކުޅިވަރުގެ (Para Sport) ކްލެސިފިކޭޝަންގެ މަޤްޞަދު، އުސޫލުތައް އަދި މުހިއްމުކަން ބަޔާންކުރުން.
  • 2IPC ކްލެސިފިކޭޝަން ކޯޑުގެ މުހިއްމު ޤަވާއިދުތައް އަދި ޕެރާލިމްޕިކް މޫވްމަންޓަށް ކުރާ އަސަރުތައް އެއް ކުރުން.
  • 3IPC، IOSD، NPC، ކްލެސިފަޔަރުން އަދި ގުޅުންހުރި އެހެނިހެން ބައިތަކުގެ ޒިންމާތައް ބަޔާންކުރުން.
  • PI، VI އަދި II. ހުރި ކުޅުންތެރިންގެ ކްލެސިފިކޭޝަން ނިޒާމްތައް އެނގުން:
    . ކްލެސިފިކޭޝަން ކުރިއަށްދާ މަރުހަލާތައް ބަޔާންކުރުން: އެލިޖިބިލިޓީ، ސްޕޯޓް ކްލާސް ދިނުން އަދި ސްޕޯޓް ކްލާސް ސްޓޭޓަސް ކަނޑައެޅުން.
    . ޤައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކްލެސިފަޔަރުން ތައްޔާރުކުރުމާއި އެމީހުން ތަމްރީނުކުރުމަށް ބޭނުންވާ ޝަރުތުތައް އެނގުން.
    . ކްލެސިފިކޭޝަންގައި އާންމުކޮށް ދިމާވާ ދަތިތައް ދިމާވާނެ ގޮތް އަދި އެފަދަ މައްސަލަތައް މަދުކުރުމަށް ނަގަންޖެހޭ މިންގަނޑުތައް ދެނެގަތުން.
  • ޤައުމީ ކްލެސިފިކޭޝަން ނިޒާމެއް ޤާއިމުކުރުމަށް ނުވަތަ އެނިޒާމް ފުރިހަމަކުރުމަށް އަސާސީ ރޯޑްމެޕެއް ތައްޔާރުކުރުން.

މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ސަރަޙައްދީ ފެންވަރުގައި ޕެރަލިމްޕިކް ކުޅިވަރުތައް އިތުރަށް ކުރިއަރައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުގައި އިންޞާފުވެރިކަމާއެކު ވާދަކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވޭކަން ކުޅިވަރާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450