Ads by Stelco

ޚަބަރު

އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

ކުޑަރަށް ރިސޯޓުގައި އަލިފާން ނިއްވަން މަސައްކަތް ކުރަނީ ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 01:32

11 އޯގަސްޓު 2025، 01:32

އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި ވޯޓާ ވިލާއެއް ވަރަށް ބޮޑަށް އަނދައިފައިވާއިރު، ޖެހިޖެހިގެން ހުރި ދެތިން ވޯޓާ ވިލާއެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް ފޮޓޯތަކުން ދައްކައެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން އަލިފާން ރޯވެ، ވަރަށް ބޮޑަށް ކަޅުދުން އަރާ މަންޒަރު ފެނެއެވެ. 

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ، މި ހާދިސާގެ ރިޕޯޓް ލިބުމުން، ރިސޯޓަށް ދިޔުމަށްޓަކައި މާލެއިން ފަޔަމަނުން ފުރީ މިއަދު 11:05 ހާއިރު ކަމަށެވެ. އެހެންކަމުން، މިވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ރިސޯޓުގެ ޓީމަކުން ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ކުޑަރަށް ރިސޯޓަކީ ވަރަށް ދުވަސްވެފައިވާ ރިސޯޓެކެވެ. އެކި ފަހަރު މަތިން އެ ރަށުގެ މެނޭޖުމަންޓް ބަދަލުވެފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މި ރިސޯޓް އަލުން ހުޅުވާފައެވެ. މި ލަގްޒަރީ ރިސޯޓުގައި ޕްރައިވެޓް ޕޫލްތަކާއެކު 51 ވިލާ އާއި ސުއިޓް ހުރެއެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން