ވިޔަފާރި / ޚަބަރު
ފަތުރުވެރިކަމުގެ ތަޖުރިބާ އިތުރަށް މުއްސަނދިކުރަން ވިޒިޓް މޯލްޑިވްސްއާއި މާސްޓަރކާޑް ގުޅިގެން ޑޭޓާ ޕްލެޓްފޯމެއް ތަޢާރަފުކޮށްފި

ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ރަސްމީކޮށް ތަޢާރަފުކުރުން ފޮޓޯ: ބީއެމްއެލް
ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މަގުސަދުގައި، ވިޒިޓް މޯލްޑިވްސް އާއި މާސްޓަރކާޑް ގުޅިގެން ޒަމާނީ ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިޕްލެޓްފޯމަކީ، ފަތުރުވެރިކަމުގެ މުހިންމު ފަރާތްތަކަށް ފުން އަދި ޑޭޓާއަށް ބިނާކޮށްފައިވާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ.
މި އާ ޕްލެޓްފޯމްގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ހަރަދުކުރާ ގޮތާއި، އެމީހުންގެ އުޅުމާއި އިސްކަންދޭ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތު ދިނުމެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މައުލޫމާތަށް ބިނާކޮށް ރަނގަޅު ނިންމުންތައް ނިންމުމަށް ބާރު ލިބިގެންދާނެއެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ މައުލޫމާތުގެ އެހީގައި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުމުގެ އައު ފުރުސަތުތައް ދެނެގަނެ، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާ ހުރިހާ މަރުޙަލާއެއްގައި އިތުރަށް މުއްސަނދިކުރެވޭނެ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.