Ads by Stelco

ޚަބަރު

އެމްއެމްއޭގެ ފަރާތުން އިސްލާމިކް ފައިނޭންސް ކިޔެވުމަށް 15 ސްކޮލަރޝިޕް

އެމްއެމްއޭގެ ފަރާތުން އިސްލާމިކް ފައިނޭންސް ކިޔެވުމަށް 15 ސްކޮލަރޝިޕް

އެމްއެމްއޭގެ ފަރާތުން، މާސްޓަރސް ފެންވަރުގައި އިސްލާމިކް ފައިނޭންސް ކިޔެވުމަށް ސްކޮލަރޝިޕް ޙަވާލުކުރަނީ. ފޮޓޯ: އެމްއެމްއޭ

farudhun logo

ފަރުދުން

11 އޯގަސްޓު 2025، 12:18

11 އޯގަސްޓު 2025، 12:18

އިސްލާމީ މާލީ ނިޡާމުގެ ދާއިރާއިން މާސްޓަރސް ފެންވަރުގައި ކިޔެވުމަށް 15 ސްކޮލަރޝިޕް އެމްއެމްއޭ އިން ދޫކޮށްފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު ކަމުގައިވާ އެމްއެމްއޭ އިން މިލޯނުތައް ދޫކޮށްފައިވަނީ، މިއަދު އިފްތިތާޙު ކުރި "ތަމްވީލް ފިންލިޓް ފެސްޓް" އިނީޝިއޭޓިވް ގެ ދަށުންނެވެ. އެމްއެމްއޭ އިން ދޫކޮށްފައިވާ 15 ސްކޮލަރޝިޕްގެ ތެރެއިން 5 ސްކޮލަރޝިޕް އަކީ ފުރިހަމައަށް ފަންޑު ކޮށްފައިވާ ސްކޮލަރޝިޕް ތަކަކަށް ވީއިރު، ބާކީ އޮތް 10 ސްކޮލަރޝިޕަކީ އެއްބައި ފަންޑުކޮށްފައިވާ ސްކޮލަރޝިޕް ތަކެއް ކަމަށް އެމްއެމްއޭ އިން ހާމަކުރިއެވެ. މިއެންމެހައި ސްކޮލަރޝިޕްތަކަކީ ވެސް މެލޭޝިޔާގެ އައިއެންސީއީއައިއެފް ޔުނިވަރސިޓީ އިން ކިޔެވުމަށް ދިން ސްކޮލަރޝިޕްތަކެކެވެ.

 "ތަމްވީލް ފިންލިޓް ފެސްޓް" އަކީ މާލީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ޒިންމާދާރު ގޮތެއްގައި ފައިސާ ގެންގުޅުމަށް ބާރުއެޅުމާއި، އިސްލާމީ މާލީ ނިޡާމުގެ ޢިލްމު ފެތުރުމުގެ މަޤުޞަދުގައި ބޭއްވި އިނީޝިއޭޓިވް އެކެވެ. އެމްއެމްއޭ ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއިނީޝިއޭޓިވް އިފްތިތާޙުކޮށްދެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާލީ ހޭލުންތެރިކަމުގެ މުހިންމު ކަމުގެ މައްޗަށް ވަޒީރު ޝަފީޢު ވަނީ އަލިއަޅުއްވާލައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން