Ads by Stelco

ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

ރާއްޖޭގެ ކަނޑުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީން ހަދިޔާކުރި ނޭވީ މަނަވަރު ރާއްޖެ ގެނެސްފި

ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވި 'ޑޯގަން ކްލާސް' ނޭވީ މަނަވަރު ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2025، 06:16

10 އޯގަސްޓު 2025، 06:16

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވި 'ޑޯގަން ކްލާސް' ނޭވީ މަނަވަރު ރާއްޖެއަށް ގެނެސްފިއެވެ. މި މަނަވަރު ރާއްޖެއަށް ގެނެސްފައިވާއިރު، މި އުޅަނދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކަނޑުގެ ސަރަޙައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމެވިކަން ދިފާއީ ވުޒާރާއިން ހާމަކުރެއްވީ މިއަހަރުގެ އޭޕްރީލު މަހުގެ ތެރޭގައެވެ.



ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި މަނަވަރު އެމްއެންޑީއެފާ ރަސްމީކޮށް ހަވާލުކުރުމާއި، ޚިދުމަތަށް ނެރެ، ޤައުމީ ދިފާޢީ ބާރަށް ކަމިޝަންކުރުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ދެ ޤައުމުގެ މެދުގައި މިހާރު ކުރަމުންދާ ކަމަށެވެ.
ދިފާއީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި މަނަވަރަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދިފާޢީ ބާރުގެ ކޯސްޓު ގާޑު ދެގުނަ ކުރައްވައި، ޤާބިލުކަން އިތުރުކުރެއްވުމަށް، ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާޞިލުވުމަށް ރަހުމަތްތެރި ޤައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބުނު އުޅަނދެކެވެ.

މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުވެގެންދިޔުމަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަޤްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދަޢުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެކެވެ. މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށްވެސް ދިފާޢީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަން ދެއްވާ އެއް ދާއިރާއަކީ މިނިވަންކަމާ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމެވެ. މަޤާމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފައްޓަވައިގެން، މި ސިޔާސަތުތައް ތަންފީޒުކުރައްވަން ފެއްޓެވިއެވެ. އެގޮތުން ވެރިކަމާ ހަވާލުވީތާ ގިނަ ދުވަސްތަކެއް ނުވަނީސް ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ސިފައިންގެ ޚިދުމަތަށް ވަނީ ތަޢާރަފްކުރައްވާފައެވެ. ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީވެސް ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން