Ads by Stelco

ޚަބަރު

ލ. މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފި

ލ. މާވަށުގައި މަރާލި މޫސަގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފި

މޫސާ އިބްރާހީމް---

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 އޯގަސްޓު 2025، 12:47

10 އޯގަސްޓު 2025، 12:47

ލ. މާވަށު މާރާމާރީގައި މަރުވި މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު އަނބުރާ ރާއްޖެ ގެނެސްފިއެވެ.

މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ ހިންގި މާރާމާރީގައި ނިޔާވި އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ، މީގެ ދެ ދުވަސް ކުރިންނެވެ. އަދި އޮޓޮޕްސީ ހަދާފައިވަނީ އިންޑިއާއިންނެވެ. މިއީ މަރުގެ ހަޤީޤީ ސަބަބު ދެނެގަތުމަށްޓަކައި ކުރެވޭ ކަމެކެވެ.

މި މައްސަލައާ ގުޅިގެން، މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމް، ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވަނީ އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މި މާރާމާރީ ހިންގުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި، ފުލުހުން ވަނީ މޫދަށް ފީނައިގެން ހޯދައިފައެވެ. މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާއިރު، މިއަދު މެންދުރު ނަމާދަށްފަހު އޭނާ ވަނީ އާސަހަރާގައި ވަޅުލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން