Ads by Stelco

ޚަބަރު

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މެޕްގެ ގްރާންޓުގެ ދަށުން 6 ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ފޮޓޯ: ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

10 އޯގަސްޓު 2025، 10:19

10 އޯގަސްޓު 2025، 10:19

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި, އެސްޑީއެފްސީ އާއެކު ހުޅުވާލި ގްރާންޓް ސްކީމްގެ ދަށުން، ދަނޑުވެރިންގެ އަމިއްލަ ގްރީން ހައުސް ޤާއިމްކުރުމަށް 6 ދަނޑުވެރިންނާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މެޕްއަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ އާއި އިންޓާނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ތަފާތު ޙަރަކާތްތަކާއި ތަމްރީންތައް ހިންގުމަށް އުފައްދާފައިވާ ޕްރޮގްރާމެވެ. މި ސްކީމްގެ ދަށުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ތެރޭގައި ހުޅުވާލާފައިވީއިރު، މި ފުރުޞަތުގައި ޖުމްލަ 68 ދަނޑުވެރިން ގްރާންޓަށް އެދި ހުށަހެޅިއެވެ.

ދަނޑުވެރިކަމުގެ ކަންކަން ކުރިން ބަލަހައްޓަމުން އައީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުން ކަމަށްވާތީ، ދަނޑުވެރިންނަށް ދެވޭ އަހަންމިއްޔަތު ކުޑަކަމަށް ބައެއް ދަނޑުވެރިން އައީ ބުނަމުންނެވެ. ވީމާ، ދަނޑުވެރިންނަށް ދެވޭ ސަމާލުކަން އިތުރުކުރުމަށް، ދަނޑުވެރިކަމާ ބެހޭ ޚާއްޞަ ވުޒާރާއެއް މި ސަރުކާރުން އެކުލަވާލިއެވެ. ދަނޑުވެރިކަމާ ބެހޭ މި ވުޒާރާއިން ދަނޑުވެރިކަން ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ހިންގަމުން ދާއިރު، މެޕްގެ ފަރާތުން ހުޅުވިގެންދާ ފުރުޞަތުތައް ފާހަގަކޮށްލަން ޖެހެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން