Ads by Stelco

ޚަބަރު

ނޭކުރެންދޫއަށް ގެންދިޔަ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި

ނޭކުރެންދޫއަށް ގެންދިޔަ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި

ނޭކުރެންދޫއަށް ގެންދިޔަ އައު ޖެންސެޓް/ފޮޓޯ: ފެނަކަ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޯގަސްޓު 2025، 06:56

09 އޯގަސްޓު 2025، 06:56

ހދ. ނޭކުރެންދޫއަށް ގެންދިޔަ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ނޭކުރެންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަަކައި އެރަށަށް ގެންދިޔަ 400 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ނޭކުރެންދޫއަށް އައު ޖެންސެޓެއް ގެންގޮސްފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމުގެ ސަބަބުން އެ ރަަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ. ހަމަމިއާއެކު، ވޭތުވެދިޔަ ދުވަސްތަކުގައި މަހަކު 2 ފަހަރު އެ ރަށުން ކަރަންޓު ކަނޑިގެން ދިއުމުގެ ސަބަބުން ރަށުގައި އުޅެމުންދިޔަ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ސްޓެލްކޯ އާއި  ފެނަކައިން ގެންދަނީ ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން