Ads by Stelco

ޚަބަރު

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ ގެނަސްފި

ތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ ގެނަސްފި

ތުރުކީން ހަދިޔާކުރި ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު، ފޮޓޯ: ޓާރކިޝް ސެންޗަރީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޯގަސްޓު 2025، 04:05

09 އޯގަސްޓު 2025، 04:05

ދިވެހިރާއްޖޭގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ތުރުކީން ހަދިޔާކުރި މަނަވަރު މިއަދު ރާއްޖެ ގެނަސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، މިއީ ތުރުކީގެ ނޭވީގައި މިސައިލް ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.

ރާއްޖޭގެ ދިފާއީ ވުޒާރާއިން މިދިޔަ އެޕްރީލް މަހު ހާމަކޮށްފައިވާ ގޮތުގައި، ތުރުކީން މި ހަދިޔާކުރި އަސްކަރީ މަނަވަރާއެކު ރާއްޖޭގެ ކަނޑުގެ ސަލާމަަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު ޤައުމެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ދިވެހި ސިފައިންނަށް ލިބިގެންދާނެއެވެ.

މި މަނަވަރު ގެނައުމުގެ ކުރިން ދިވެހި ސިފައިންނަށް ވަނީ ދެ ހަފުތާގެ އެޑްވާންސްޑް އޮޕަރޭޝަނަލް ތަމްރީނެއް ވެސް ތުރުކީގެ ދިފާއީ ވުޒާރާއިން ދީފައެވެ. 

ޓީސީޖީ ވޮލްކަން (ޕީ-343) ތުރުކީގެ ކަނޑުގެ ސިފައިން ޚިދުމަތަށް ނެރުނީ 1981 ވަނަ އަހަރުއެވެ. އަދި 2024ގައި މި އުޅަނދު ވަނީ ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި ގިންތިކޮށްފައެވެ.

ޑޯގަން-ކްލާސްގެ އުޅަނދުތައް ފަރުމާކޮށްފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ލޫރްސެން ވެރްފްޓްއިންނެވެ. އެއީ 20 ވަނަ ގަރުނުގެ ފަހުކޮޅު ތުރުކީވިލާތުގެ ކަނޑުގެ ސިފައިންގެ ގާބިލުކަން އިތުރު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އުޅަނދުތަކެކެވެ. ހާއްސަކޮށް މިއީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާ އެކު ތައްޔާރުކުރި ފުރަތަމަ ގިންތީގެ އުޅަނދުތަކެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އަސްކަރީ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާއިރު، ތުރުކީގެ އަސްކަރީ ޑްރޯންތަކެއް ވެސް ރާއްޖޭން ގަނެ މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން