Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޯގަސްޓު 2025، 03:25

09 އޯގަސްޓު 2025، 03:25

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުޙައްމަދު ލަތީފް ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އެ މަނިކުފާނު ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ، އެ ޤައުމުގެ ޤައުމީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެެއްގައެވެ.

މި ޕޯސްޓުގައި ނައިބު ރައީސް ވަނީ، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ދުވަސްތަކުގައި ސިންގަޕޫރަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތީ ބަދަހި ގުޅުމެއްކަމަށާއި މި ގުޅުން އިތުރަށް ބަދަހި ކުރަން ރާއްޖެއިން އޮތީ ތައްޔާރަށްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ސިންގަޕޫރުގެ ޤައުމީ ދުވަސް ފާހަގަކުރަނީ އެ ޤައުމު މެލޭޝިއާއިން ވަކިވެ، މިނިވަން ޤައުމަކަށްވި ދުވަހެވެ. ސިންގަޕޫރާއި ދިވެހިރާއްޖެ ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރު ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން