ވިޔަފާރި / ޚަބަރު

މުޅި ހުޅުމާލެއަށް ކަރަންޓު ދެވި މާލޭގެ ގިނަ ސަރަޙައްދުތަކަށް ކަރަންޓު ދެވިއްޖެ: ސްޓެލްކޯ

މުޅި ހުޅުމާލެއަށް ކަރަންޓު ދެވި މާލޭގެ ގިނަ ސަރަޙައްދުތަކަށް ކަރަންޓު ދެވިއްޖެ: ސްޓެލްކޯ

ސްޓެލްކޯ އިން ކަރަންޓުމަސައްކަތް ކުރަނީ ފޮޓޯ: ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 12:22

09 އޯގަސްޓު 2025، 12:22

މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށްފަހު، މިހާރު މުޅި ހުޅުމާލެއަށް ކަރަންޓު ދެވި، މާލޭގެ ގިނަ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ބާކީ ހުރި ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑް އެނަރޖައިޒްކޮށް ސިންކްރޮނައިޒް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 40 މިނިޓުގެ ތެރޭގައި ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވި، މުޅި މާލެ އަށް ކަރަންޓު ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯއިން މީގެ ކުރިން ދިން މައުލޫމާތުތަކުގައި ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކަށްވެސް ކަރަންޓު ދީފައިވާ ކަމަށާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގްރިޑް މިހާރު އެނަޖައިޒް ކުރެވިފައިވާ ކަމަށެވެ.



މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 ހާއިރުއެވެ. މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ހާމަކޮށްފައެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން އޭރު ވިދާޅުވިއެވެ.

މިފަދަ ކަރަންޓު ކެނޑުމެއް މާލެއާއި ހުޅުމާލެއިން މީގެ ކުރިން މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް ދިމާވެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން