ވިޔަފާރި / ޚަބަރު

ކަރަންޓު ކެނޑުމުން މެދުކެނޑުނު ފަވާރާގެ ޚިދުމަތް އަލުން ދޭން ފަށައިފި

ކަރަންޓު ކެނޑުމުން މެދުކެނޑުނު ފަވާރާގެ ޚިދުމަތް އަލުން ދޭން ފަށައިފި

ފަވާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޯގަސްޓު 2025، 11:08

09 އޯގަސްޓު 2025، 11:08

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތަންފީޒުކުރި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ފަވާރާގެ ޚިދުމަތްތައް މެދުކެނޑުމަށްފަހު އަލުން ދޭން ފަށައިފިއެވެ. މި ޚިދުމަތްތައް މެދުކެނޑުނީ މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެންނެވެ.



ފަވާރާގެ ޚިދުމަތްތައް މެދުކެނޑުމަކީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިގެން ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެމްއެމްއޭއިން ވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދިމާވި އުނދަގޫތަކަށް އެމްއެމްއޭއިން ވަނީ ވަރަށް އިޚްލާސްތެރިކަމާއެކު މާފަށް އެދިފައެވެ. އަދި ޚިދުމަތްތައް އަލުން ފެށުމުން އެކަން އަންގާނެކަމަށްވެސް މެދުކެނޑުން ހިނގި ވަގުތު އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ފަވާރައަކީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގިނަ އަދަދެއްގެ ވިޔަފާރިތަކާއި ފަރުދުން ދުވާލަކު އެތައް މުއާމަލާތެއް ކުރަމުން ގެންދެއެވެ.



ފަވާރާ ޓްރާންސްފާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ޖަމާކުރެވޭއިރު، ފަވާރާ ރިކުއެސްޓް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށްވެސް ބިލް ފޮނުވައިގެން ފައިސާގެ މުއާމަލާތްތައް ހިންގޭނެއެވެ. މިހާރު ޚިދުމަތްތައް އަލުން ފަށާފައިވާތީ، މުއާމަލާތްތައް އަލުން ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން