ޚަބަރު
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯ ފޮޓޯ:ކޮރަލް ގްލާސް
މިއަދު ހެނދުނު 9:30 ހާކަންހާއިރު މާލެއާއި ހުޅުމާލެ ސަރަހައްދަށް ދެމުންގެންދިޔަ ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯއިން މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ސްޓެލްކޯއިން ވަނީ ޔަގީންކަން ދީފައެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން.
— STELCO (@STELCOMALDIVES) August 9, 2025
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މިއީ މިފަދަ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޖޫން 1 ވަނަ ދުވަހުވެސް މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވެއެވެ. އެ ދުވަހު މުޅި މާލެ ސަރަހައްދަށް އެއްކޮށް ކަރަންޓު ދެވުނީ އިރުއޮއްސި 6:30 ކަންހާއިރުއެވެ.