Ads by Stelco

ޚަބަރު

ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރަން ޙާއްޞަ ކޯހެއް

ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރަން ޙާއްޞަ ކޯހެއް

ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނުކުރަން ޙާއްޞަ ކޯހެއް ފެށުމަށް ތައްޔާރުވުން: ފޮޓޯ- އައިޔޫއެމް

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 04:08

07 އޯގަސްޓު 2025، 04:08

މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން، އުނގެނުމުގައި ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓަކައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޑިޕޮލޮމާ ކޯހެއް އިޢުލާނުކޮށްފިއެވެ.

މި ކޯސް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢިލް ޝަފީޢު ވިދާޅުވީ، ޑިޕޮލޮމާ ކޯހުގެ ބޭނުމަކީ ޚާއްޞައެހީ އަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުންގެ ދަތިކަން މުޅި ރާއްޖެއަށް ވެސް ކުރިމަތިވެފައިވާތީ އާއި އެފަދަ ކުދިންނަށް ކިޔަވައިދެވޭނީ، ކަމުގެ ވައްޓަފާޅި އާއި އުކުޅުތަކާއި ހުނަރުތައް ފުރިހަމައަށް ލިބިފައިވާ މުދައްރިސުންތަކެއް ތަމްރީނުކޮށްގެން ކަމަށްވާތީ، އެކަން ހައްލު ކުރުމަށްކަމަށެވެ.

އެގޮތުން، މި ކޯހުގެ ސަބަބުން އެއް އަހަރުގެ ޑިޕޮލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު އުފެދި، ދަރިވަރުންނަށާއި ޤައުމަށް އޭގެ ފައިދާ ލިބިގެން ދާނޭކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ކޯހުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފީ އާއި ޕޮކެޓްމަނީގެ ގޮތުގައި 1500 ރުފިޔާގެ އެލަވަންސެއް ހަމަޖެހިގެންދާނެކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވެފައި ވެއެވެ. 

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން އުފެއްދުމަށް 1 އަހަރު ދުވަހުގެ ޑިޕްލޮމާ ފެންވަރުގެ ކޯސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖައްސާފައެވެ. މި ކޯސް ކުރިއަށްގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ކިޔަވާނީ 8 މޮޑިއުލްއެވެ. މީގެއިތުރުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށް 4 ވޯކްޝޮޕެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން