Ads by Stelco

ޚަބަރު

މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ކުރައްވާނީ ފޮރުވުމެއްނެތި، އެންމެންނަށް ހާމަވާ ގޮތަށް: މޭޔަރ ޢާޒިމް

މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ކުރައްވާނީ ފޮރުވުމެއްނެތި، އެންމެންނަށް ހާމަވާ ގޮތަށް: މޭޔަރ ޢާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް/ފޮޓޯ: މާލެ ސިޓީ ކައުންސިލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޯގަސްޓު 2025، 02:09

07 އޯގަސްޓު 2025، 02:09

މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހާ ކަމެއް ކުރައްވާނީ، އެއްވެސް ފޮރުވުމެއްނެތި އެންމެނަށް ހާމަވެ ފެންނަ ގޮތަށްކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. 

މޭޠަރ ޢާޒިމް މިފަދައިން ވިދާޅުވީ، މޭޔަރ އޮޑިޓް ނުކުރައްވާ ވާހަކައާއި ކަންކަން ނުބައްލަވާ ކަމަށް ބައެއް ފަރާތަކުން ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.

މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަވާ ޕްރޮޖެކްޓަތަކުގެ އިވެލުއޭޝަން ރިޕޯޓް ކައުންސިލަރުންނަށް ހިއްސާކޮށްފައިވާ ކަމަށް ރެކޯޑްތަކުން ފެންނަން ހުންނާނެ ކަމަށެވެ. ހަމަ އެއާއެކު، މާލެ ސިޓީ ކައުންސިލުން ކުރާ އެއްވެސް ކަމެއްގެ ރެކޯޑެއް އަދި މަޢުލޫމާތެއް ވެސް ޢާންމު ރައްޔިތުންނަށް ހާމަނުކޮށް، ހިފެހެއްޓުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އެ މަނިކުފާނު މޭޔަރުކަމަށް ވަޑައިގަތީ ދެފުށް ފެންނަ ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމަށް ވަޢުދުވެގެން ކަމަށާއި، އެ ވަޢުދާ އެއްގޮތަށް ޢަމަލުކޮށް، އެ ވަޢުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން