Ads by Stelco

ޚަބަރު

ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި ޙާލުދެރަ ދެ މީހަކު ކުޅުދުއްފުށްޓަށް ގެންގޮސްފި

ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗެއްގައި ތިބި ޙާލުދެރަ ދެ މީހަކު ކުޅުދުއްފުށްޓަށް ގެންގޮސްފި

ކަނޑުވި މީހުން ސަލާމަތްކުރަނީ. ފޮޓޯ: އެމްއެންޑީއެފް

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 10:34

07 އޯގަސްޓު 2025، 10:34

ހދ. ކުމުންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ޙާލު ދެރަވި ދެ މީހަކަށް ކޯސްޓު ގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ޖުމުލަ ހަތަރު މީހުން މިލޯންޗުގައި ދަތުރުކޮށްފައިވާ އިރު، އެއިގެ ތެރެއިން ޙާލު ދެރަވި ދެމީހުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން ގެ އެހީއާ އެކު ކުޅުދުއްފުށްޓަށް ވަނީ ގެންގޮސްފައެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ލޯންޗު، ހދ. ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު  ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ހެނދުނު 08:45 ހާއިރުގައެވެ. މަޢުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑު ހާބަރކްރާފްޓް ލޯންޗު އެ ސަރަޙައްދަށް ގޮސް، ކަނޑުވެފައި ތިބި ހަތަރު މީހުން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި ހަތަރު މީހުންގެ ތެރެއިން ދެމީހެއްގެ ޙާލު ދެރަވުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްފާރްޓްގައި އެދެމީހުން ވަނީ ހދ. ކުޅުދުއްފުށްޓަށް ގެންގޮސްދީފައެވެ. އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.
 
ސިފައިން ހާމަ ކޮށްފައިވާ ގޮތުގައި، މި ލޯންޗުން ކަނޑުވި ބާކީ ދެ މީހުން، ވެރިފަރާތުން ފޮނުވި ސަޕްލައި ދޯންޏަކަށް ވަނީ ނަގާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން