Ads by Stelco

ޚަބަރު

އޮޓޮޕްސީ ހެދުމަށް މޫސާ އިބްރާޙިމްގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

އޮޓޮޕްސީ ހެދުމަށް މޫސާ އިބްރާޙިމްގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފި

މޫސާ އިބްރާޙީމް---

farudhun logo

ފަރުދުން

07 އޯގަސްޓު 2025، 09:47

07 އޯގަސްޓު 2025، 09:47

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މޫސާ އިބްރާޙީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފިއެވެ.

އުމުރުން 29 އަހަރުގެ މޫސާ އިބްރާޙިމް މަރުވި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 10:10 ހާއިރު މޫސަގެ ކަރަށް ހަމަލާދިނީ، އެ ރަށުގައި ދިރިއުޅެމުން އަންނަ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުހައްމަދު އިބްރާހިމެވެ. ދެ މީހުންގެ ދެމެދުގައި ހިނގި ދެބަސްވުމަކަށް ފަހު މި ހަމަލާއާ ގުޅިގެން އެ ރަށު ހެލްތު ސެންޓަރަށް މޫސަ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، އެ ސެންޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މޫސާ އިބްރާޙިމްގެ އޮޓޮޕްސީ ހަދަނީ އޭނާގެ މަރުގެ ތަޙުޤީޤަށް ފުރިހަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. 

މި މައްސަލައިގައި މޫސާ އިބްރާހީމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާއަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، މޫސާ އިބްރާޙިމްއަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި ވެސް ފުލުހުން ވަނީ ހޯދާފައެވެ. މި ވަޅި ހޯދާފައި ވަނީ މޫދަށް ފީނައިގެންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން