ޚަބަރު
އެޗްއާރްސީއެމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާ ބައްދަލުކުރައްވައިފި

އެޗްއާރްސީއެމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރާއި ބައްދަލުކުރެއްވުން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ހެނދުނުގެ ވަޤުތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި އެޗްއާރުސީއެމްގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާއާއި ހިއުމަން ރައިޓްސް ކޮމިޝަނުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ އެކި ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ހަމަ އެއާއެކު، ދެފަރާތުން ވެސް ކުރައްވާ އެކިއެކި މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުންދީ، މުޖްމަތަޢަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ފެށުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.