Ads by Stelco

ޚަބަރު

އަހަރުތަކަކަށް ފަހު ތެލެސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފި

އަހަރުތަކަކަށް ފަހު ތެލެސީމިއާ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފި

ލޭ ހަދިޔާކުރުން/ފޮޓޯ: ސަން އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޯގަސްޓު 2025، 05:50

06 އޯގަސްޓު 2025، 05:50

އަހަރުތަތަކަށް ފަހު ތެލެސީމިއާ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހިރާއްޖޭގައި 2012 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 13 އަހަރު ފަހުން ފުރަތަމަ ފަހަރަށް އިސްލާޙެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވަނީ، ޕީއެންސީ ވާދަކުރާ މަޖިލީީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ. ހަމަ މިއާއެކު، މިއަދު މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ މެމްބަރުންގެ ވޯޓާއެކު، މި ބިލު ފާސްކޮށްފައިވަނީ 60 މެމްބަރުންގެ އިއްތިފާޤުންނެވެ.

އަދުގެ ސަރުކާރުން މަޖިލީހައި ހުށައެޅި މި ބިލުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ރާއްޖޭގައި ތެލެސީމިއާ އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމާއި، ތެލެސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމެވެ. ހަމަ މިއާއެކު، ތެލެސީމިއާ ހުންނަ މީހުނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ތެލެސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކައިވެނިކުރާއިރު، އެމީހުންނަށް ޚާއްޞަ ވަކި ދަފްތަރެއް ތަޢާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުން މި ބިލުގައި ހިމެނެއެވެ.

މީގެ އިތުރުން، އަލަށް ގެނެވުނު އިސްލާހުގެ ސަބަބުން ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

  • މެނޭޖްމެންޓް ދާއިރާއިން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  • ޞިއްޙީ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށްވުން.
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނެއް ރާއްޖޭގައި އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ، 2012 ވަނަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހުއެވެ. އަދި މި ޤާނޫނަށް ހަމަ އެ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ޢަމަލުކުރަން ފަށައިފައިވާއިރު، މިއީ މި ޤާނޫނަށް އިސްލާހެއް ގެނައި ފުރަތަމަ ފަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން