ޚަބަރު
ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި

ފިއްލަދޫ ވޮޅީ ކޯޓު ހުޅުވުން: ފޮޓޯ- ކުޅިވަރާބެހޭ ވުޒާރާ

ފަރުދުން
06 އޯގަސްޓު 2025، 04:08
06 އޯގަސްޓު 2025، 04:08
ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު މިއަދު ރަސްމީކޮށް ހުޅުވާފައިވާކަމަށެވެ. ފިއްލަދޫގައި ޤާއިމްކޮށްފައިވާ މި ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ.
ރަށް ރަށުގައި ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހއ. ފިއްލަދޫގައި ޤާއިމްކުރި އައުޓްޑޯ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުވައިފި. މި ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު. ހއ. ފިއްލަދޫ އައުޓްޑޯ… pic.twitter.com/Gapc6bYKGE
— Ministry of Sports, Fitness and Recreation (@MoSFR_mv) August 6, 2025
ހއ. ފިއްލަދޫ އައުޓްޑޯ ވޮލީކޯޓަކީ މި ސަރުކާރުން މަސައްކަތް ފަށައި، މިއަހަރުގެ ތެރޭގައި މަސައްކަތް ފުރިހަމަކޮށް ނިންމާފައިވާ ވޮލީބޯޅަ ކޯޓެއްކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ވިދާލުވެފައިވެއެވެ. ކުޅިވަރު ކުރިއަރުވާ، ޒުވާނުންނަށް ބޭނުންވާފަދަ ދަނޑުތަކާއި ކޯޓުތައް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ ރަށްތަކެއްގައި ކުޅިވަރު ކުޅޭ ތަންތަން ތަރައްޤީކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.