Ads by Stelco

ޚަބަރު

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

އއ. މާޅޮސް---

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޯގަސްޓު 2025، 03:49

06 އޯގަސްޓު 2025، 03:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް" ގެ ބައެއްގެ ގޮތުގައި އިތުރުކުރައްވައި، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައިފައެވެ.

އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަކީ އަރިއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް، ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ވަޢުދުފުޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން