ޚަބަރު
ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

އިޖުތިމާޢީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް، ޗައިނާ ސަފީރާ ބައްދަލުކުރައްވަނީ.

ފަރުދުން
06 އޯގަސްޓު 2025، 11:44
06 އޯގަސްޓު 2025، 11:44
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ އާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ޗައިނާގެ މުއްސަނދި ޘަޤާފަތާއި ޢާދަކާދަތަކަށް ތަޢުރީފު ކުރައްވަމުން ވަޒީރު ވިދާޅުވީ، މިޢާދަކާދަތަކަކީ އެޤައުމުގެ އިޖުތިމާޢީ ފޭރާން ބަދަހި ގޮތެއްގައި ދެމިއޮތުމުގެ އަޞްލު ކަމުގައެވެ. މިއާއެކު، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދެމިގެންވާ ގުޅުމަށްޓަކައި، ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ޗައިނާ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާއި ގުޅިގެން، ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މުހިންމު މަސައްކަތްތަކާ މެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ އިރު، ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އިތުރަށް ބޭނުންވާ ކަންކަމާމެދު ވެސް މަޝްވަރާކުރެވިފައިވެއެވެ.
ހަމައެހެންމެ، ދިވެހިރާއްޖެއަށް ޗައިނާގެ ފަރާތުން ދެމުންދާ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ފޯރުކޮށްދެމުން ދާނޭ ކަމަށާއި، ކުރިއަރާފައިވާ މުސްތަޤްބަލެއް ޙިއްޞާކުރުމަށްޓަކައި ދިވެހިރާއްޖެއާއެކު ޗައިނާއިން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސަފީރު ކޮންގް ވަނީ ދެއްވާފައެވެ.
H.E. Kong Xianhua, Ambassador of the People’s Republic of China to the Maldives, paid a courtesy call on H.E. Dr. Aishath Shiham.
— Ministry of Social and Family Development (@MSFDmv) August 5, 2025
During the meeting, the Minister commended the rich cultural heritage and traditions of China, which contribute significantly to the country’s… pic.twitter.com/HwW2ykXOKB