Ads by Stelco

ޚަބަރު

މިއަދު ވެސް މޫސުން ގޯސް، ކަނޑުތައް ގަދަވާނެ

މިއަދު ވެސް މޫސުން ގޯސް، ކަނޑުތައް ގަދަވާނެ

މާލެ ކައިރިން ދުއްވާފައިދާ ލޯންޗެއް، ފޮޓޯ: މިހާރު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޯގަސްޓު 2025، 08:10

06 އޯގަސްޓު 2025، 08:10

މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށާއި އަދި ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާ ކުރަމުން އެ އިދާރާއިން ބުނީ، މިއަދުގެ 14:00 އާ ހަމައަށް އެންމެ މޫސުން ގޯހީ ހއ. އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ކަމަށެވެ. އެގޮތުން އެ ވަގުތުގައި އެ ސަރަޙައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

އަދި މި ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ކަނޑުތައް ވެސް ގަދަވާނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ. 

މިއަދުގެ ނިޔަލަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށް، ކުރިން އެ މަޢުލޫމާތު ޙިއްސާކޮށްފައި ވެއެވެ. އެހެންކަމުން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) އިން ވަނީ އިލްތިމާސްކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން