Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު / 10 އޮކްޓޯބަރ 2024، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

06 އޯގަސްޓު 2025، 01:18

06 އޯގަސްޓު 2025، 01:18

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ފުރަމާނަ ދަތުރުފުޅެއްގައި ވެސް އެ ޤައުމަށް ވަޑައިގެންފައެވެ. އެއީ ސިންގަޕޫރުގެ ރައީސް، ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް ކުރެއްވެވި ދަތުރުފުޅެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން