Ads by Stelco

ޚަބަރު

މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތަކަށް އެދި ހުޅުވާލައިފި

މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތަކަށް އެދި ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުން ނެރުނު އިޢުލާން.

farudhun logo

ފަރުދުން

05 އޯގަސްޓު 2025، 03:57

05 އޯގަސްޓު 2025، 03:57

މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތަކަށް އެދި މާލެ ސިޓީ ކައުންސިލުން އިހަށް ނެރިފައިވާ އިޢުލާން (ނަންބަރު: (IUL)425-A2/1/2025/112) އާ ގުޅިގެން މަޢުލޫމާތު ކަރުދާހަށް ބަދަލެއް ގެންނަންޖެހިފައިވާތީ، އެއިޢުލާނު ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލައި، މާލެ ސިޓީ ކައުންސިލުން މިއަދު އެކަން ހާމަކޮށްފިއެވެ.

މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މިމަހުގެ 13 ވަނަ ދުވަހުގެ 13:00 އަށް، އަދި އަގު ހުށަހެޅުއްވުމަށް މިމަހުގެ 20 ވަނަ ދުވަހުގެ 10:00 އަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލެސިޓީ ކައުންސިލު އިދާރާގެ ޢާންމު ޚިދުމަތްތަކާ ބެހޭ ބައި، މީޓިންގ ރޫމަށް ޙާޟިރުވުމަށް އެކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

އިސްވެ ދަންނަވާފައިވާ ދުވަހާއި ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ކަމުގައި މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ވެސް އެކައުންސިލުން އެންގިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން