Ads by Stelco

ޚަބަރު

ނައިފަރުގައި 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ނައިފަރުގައި 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ ކުއްޖާ.

farudhun logo

ފަރުދުން

05 އޯގަސްޓު 2025، 02:02

05 އޯގަސްޓު 2025، 02:02

ޅ. ނައިފަރުގައި 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ގެއްލިގެން ހޯދަމުންދާ ކުއްޖާގެ ފުރިހަމަ ނަމަކީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިޞަލް އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން ދެންމެ ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ޅ. ނައިފަރު ސީނިޔާގެ އަށް ނިސްބަތްވާ ޚަދީޖަތު މައިސަރާ، ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވުމާ ގުޅިގެން، މައިސަރާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މައިސަރާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 10:25 ހާއިރު ކަމަށާއި، އެއިރު އެކުއްޖާ ލައިގެން ހުރީ އަތްކުރު ވިލު ނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ ހަރުވާޅެއް ކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.

ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިޞަލް އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ނުވަތަ އެކުއްޖާ ފެނިއްޖެނަމަ، ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި، މަޢުލޫމާތު ޙިއްޞާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން