ޚަބަރު
ގަރލް ގައިޑުންނަށް ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދިނުމުގެ ތަމުރީނެއް ފުލުހުން ބާއްވައިފި

ގަރލް ގައިޑުންނަށް ފުލުހުން ހިންގައިދިން ތަމުރީނު.

ފަރުދުން
05 އޯގަސްޓު 2025، 01:34
05 އޯގަސްޓު 2025، 01:34
ގަރލް ގައިޑުންނަށް ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދިނުމުގެ ޙަރަކާތެއް ފުލުހުންނާ ގުޅިގެން ބާއްވައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ހާމަކޮށްފިއެވެ. މިޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ، ގަރލް ގައިޑުންގެ ޕެޓްރޯލް ލީޑަރުން ތަމުރީނު ކުރުމުގެ 24 ވަނަ ޤައުމީ ކޭމްޕުގައި، މިއޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. މިކޭމްޕު ބާއްވާފައި ވަނީ ހުޅުމާލޭގެ ފަރުކޮޅުފިނޮޅު ސަރަޙައްދުގައެވެ.
Team Building Activity Held for Participants of the 24th National Patrol Leaders Training Camphttps://t.co/1ChWkIDw9S pic.twitter.com/WjUnjghE7q
— Maldives Police (@PoliceMv) August 4, 2025
މިކޭމްޕުގައި ފުލުހުން ބައިވެރިވި ޙަރަކާތް ކުރިއަށް ގެންދިޔައީ، ފުލުހުންގެ "ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް ޑިރެކްޓަރެޓް އެންޑް ސްޕެޝަލިސްޓް އޮޕަރޭޝަންސް" އާ ގުޅިގެންނެވެ. މިޙަރަކާތުގައި 273 ގަރލް ގައިޑުން ބައިވެރިފާ ވާ އިރު، ދޭދޭ ގުޅުންތައް ބަދަހި ކުރުމާއި، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ވަރުގަދަ ކުރުމާއި، ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅޭ ފަދަ އެތައް ކަންތައްތަކެއް މިޙަރަކާތުގައި ހިމެނިގެން ދިޔައެވެ. މީގެ އިތުރުން، މިޕުރޮގުރާމުގައި، ނަފްސު ދިފާޢުކުރުމުގެ އުކުޅުތައް ދަސްކޮށްދިނުމާއި، އިޖުތިމާޢީ ވިއުގަތައް ބޭނުންކުރުމުގައި ރައްކާތެރިވުމާ މެދު ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވެސް ފުލުހުންގެ ފަރާތުން ބާއްވާފައި ވެއެވެ.
މިޕުރޮގުރާމުގައި ހިމެނިފައިވާ ޙަރަކާތްތަކުގެ ސަބަބުން ގައިޑުންނަށް މުހިންމު ފިލާވަޅުތަކެއް ދަސްވެ، އެކުދިންގެ މުހިންމު ހުނަރުތަކެއް ތަރައްޤީވެފައިވެއެވެ.