Ads by Stelco

ޚަބަރު

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމު 2022/ފޮޓޯ: އެމްއެމްސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 01:33

05 އޯގަސްޓު 2025، 01:33

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީ އިން ހުޅުވާލައިފިއެވެ.

މި ޕޫލަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ 12 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތްތައް ކުރާ ފަނޑިޔާރުންގެ ޕޫލެކެވެ.

ފަނޑިޔާރުންގެ ޕޫލަށް ހުށައަޅާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މީޑީއާގެ ދާއިރާ ނުވަތަ ސޯޝަލް ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާޞިލުކޮށްފައިވާންޖެހޭނެ އެވެ. ހަމަ މިއާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވާންޖެހޭނެ އެވެ. ހަމަ އެހެންމެ، މި މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވާންޖެހޭނެކަމަށް މީޑިއާ ކައުންސިލުން ވިދާޅުވެއެވެ.

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ޕޫލަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން