Ads by Stelco

ޚަބަރު

ޓެކްސް އެޕީލް ޓްރަބިއުނަލްގެ މުންބަރުކަމަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރަބިއުނަލްގެ މުންބަރުކަމަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރަބިއުނަލް، ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

04 އޯގަސްޓު 2025، 10:00

04 އޯގަސްޓު 2025، 10:00

ޓެކްސް އެޕީލް ޓްރަބިއުނަލްގެ މުންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަނެއްކާ ވެސް މިއަދު ހުޅުވާލައިފިއެވެ.

މި މަޤާމަށް އެދި، މި މަހުގެ 19 ވަނަ ދުވަހުގެ 12:00އާ ހަމައަށް ފޯމު ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ފޯމު ބަލައިގަންނާނީ މި މުއްދަތުގައި، ބަންދުނޫން ކޮންމެ ދުވަގެއްގެ ހެނދުނު 08:30 ފެށިގެންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެންމެ ފަހުން ހުޅުވާލީ މެންބަރުކަމުގެ މަޤާމުއި ކުރިން ހުރިންނެވި އިސްމާޢިލް ސާޖިދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެހެންކަމުން ސާޖިދު ފިޔަވައި އެ ޓްރައިބިއުނަލުގައި ދެން ތިނޭނީ ހަތަރު މެންބަރުންނެވެ.  

އެއީ މެންބަރު ޙަސަން ޒުހައިރު މުޙައްމަދު މެންބަރު އިބްރާހީމް ޝަރީފް، މެންބަރު އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ޓްރައިބިއުނަލްގެ ރައީސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން