ވިޔަފާރި / ޚަބަރު

ފަތުރުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމަށް 'ޓޫރިޒަމް ޓްރަސްޓް ފަންޑު ގަވާއިދު' ގެޒެޓްކޮށްފި

ފަތުރުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމަށް 'ޓޫރިޒަމް ޓްރަސްޓް ފަންޑު ގަވާއިދު' ގެޒެޓްކޮށްފި

ރާއްޖޭގެ ޓުއަރިސްޓް ރިޒޯޓެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 05:44

04 އޯގަސްޓު 2025، 05:44

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްގީކޮށް، ފެންވަރު ދެމެހެއްޓުމަށްޓަކައި، 'ޓޫރިޒަމް ޓްރަސްޓް ފަންޑާބެހޭ ގަވާއިދު' ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން މިއަދު،  ގެޒެޓްކޮށްފިއެވެ. މި ގަވާއިދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނޭ މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދީ، ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުމެވެ. އެގޮތުން، ޓޫރިޒަމް ޓްރަސްޓް ފަންޑު ޤާއިމުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހާމަކަންބޮޑު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ފަންޑަށް ލިބޭ އެހީތެރިކަން އަމާނާތްތެރިކަމާއެކު ބަލަހައްޓާ، މި ފަންޑުން ލިބޭ ފައިދާ ދާއިރާގެ ކުރިއެރުމަށް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ތެރެއިން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، ތަޢުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ދިނުން ހިމެނެއެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުޞަތުތައް ލިބި، ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުވެގެންދާނެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން