Ads by Stelco

ޚަބަރު

ސޯޝަލް މީޑިއާގައި ސިހުރު ޕްރޮމޯޓްކުރާ ޕޭޖުތަކެއް ފުލުހުން ތަހުގީގު ކުރަނީ

ސޯޝަލް މީޑިއާގައި ސިހުރު ޕްރޮމޯޓްކުރާ ޕޭޖުތަކެއް ފުލުހުން ތަހުގީގު ކުރަނީ

ސިހުރު ޕްރޮމޯޓްކުރާ މައްސަލަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 އޯގަސްޓު 2025، 12:44

04 އޯގަސްޓު 2025، 12:44

ސިހުރާއި ފަންޑިތަ ހަދައިދޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުޅާކޮށް އެކަން ޕްރޮމޯޓްކުރަމުންދާ ގިނަ ޕޭޖުތަކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. މި ޕޭޖުތައް ހިންގަން ފަށާފައިވަނީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ސިހުރު ހަދައިދޭނެ ކަމަށް ބުނެ މައުލޫމާތު އާންމުކުރަމުންދާ ޕޭޖުތަކެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފޭސްބުކްގައި ހިންގަމުންދާ މި ޕޭޖުތަކުގައި ސިހުރާއި ފަންޑިތައާ ގުޅުންހުރި ގިނަ ފޮޓޯތަކާއި މައުލޫމާތުތައް ހިއްސާކޮށްފައިވެ އެވެ. އަދި އެ ޕޭޖުތައް ހިންގާ ފަރާތްތަކުން ހަދައިދޭ ސިހުރާއި ފަންޑިތައިގެ ވައްތަރުތަކުގެ މައުލޫމާތު ވެސް ދީފައިވެ އެވެ. އެކި ކަންކަމާ ގުޅުވައި ސިހުރު ހަދަން މި ޕޭޖުތަކުން ހިތްވަރުދެ އެވެ.

ސިހުރު ހެދުމަކީ އިސްލާމް ދީނުގައި ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމަކަށް ވިޔަސް، މި ޕޭޖުތަކުން އެކި ބަލިތަކާ ގުޅިގެން ވެސް ސިހުރު ހަދައިދޭ ކަމަށް އިޝްތިހާރުކުރެ އެވެ. މިކަމުގެ ސަބަބުން ދީނީ އަގީދާއަށް ބުރޫއަރައި، މުޖުތަމައީ ހަމަޖެހުމަށް ނުރައްކާވާ ކަމަށް ދެކެވޭ ވާހަކަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ސިހުރުގެ މައްސަލަ ބޮޑުވެ، ރިޕޯޓްކުރާ ބައެއް ސަރަހައްދުތަކަށް ފުލުހުންގެ ތަހުގީގު ޓީމުތައް ގޮސް، އެކި ރަށްރަށް ބަލައި ފާސްކޮށްފައި ވެސް ވެ އެވެ. މިގޮތުން، މިދިޔަ ފެބްރުއަރީ 20 ގައި ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ ބޮޑުވެ، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއެއް ބަލައި ފާސްކޮށް 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދާފައިވެ އެވެ.
އަދި މިދިޔަ މޭ މަހު ހއ. ބާރަށުގެ އަށް ތަނެއް ބަލައި ފާސްކޮށް އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ފަހުން އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން