Ads by Stelco

ޚަބަރު

ޝަހީދުގެ ނަން އަނބުރާ ނަންގަވަން ހުށަހަޅުއްވައިފި

ޝަހީދުގެ ނަން އަނބުރާ ނަންގަވަން ހުށަހަޅުއްވައިފި

މުހައްމަދު ޝަހީދު

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

03 އޯގަސްޓު 2025، 12:15

03 އޯގަސްޓު 2025، 12:15

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި، މި ސަރުކާރުގެ ސިޔާސީ އިސް މަގާމެއް ވެސް ފުރުއްވި މުހައްމަދު ޝަހީދު،  ނަން އަނބުރާ ނަގަން އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފިއެވެ.

 ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ޝަހީދު މިއަދު ފޮނުއްވި ސިޓީގައިވަނީ ނަން އަނބުރާ ނަގަން ބޭނުންވަނީ ޖުޑީޝަރީއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ. މި ސިޓީގައި ޝަހީދު ވިދާޅުވެފައި ވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައިވާތީ ޝަހީދަކީ ސިޔާސީ މީހެއްގެ ގޮތުގައި ރައްޔިތުންގެ ބަޔަކު މިހާރުވެސް ދެކޭ ކަމަށެވެ. ހަމައެއާއެކު ޝަހީދު ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފި ނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިގެންދާނެ ކަމަށް ބުނެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިއުންވެސް ނަން އަނބުރާ ނެންގެވުމަށް ނިންމެވި ނިންމެވުންތަކުުގެ ތެރޭގައި ހިމެނޭ ކަމަށް ޝަހީދު ވިދާޅުވެފައި ވެއެވެ. ޝަހީދު ވަނީ، ޖުޑީޝަރީގެ އިތުބާރު ރައްޔިތުންގެ މެދުގައި ދެމެހެއްޓުމަށް ބޭނުންވާތީ ޝަހީދުގެ އެޕްލިކޭޝަން ބާތިލްކޮށްދިނުމަށް ސިޓީގައި އެދިވަޑައިގެންފައެވެ. 

ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެއްވެސް ބައެއްގެ އަތެއް އެ ކަމުގައި ނޯންނާނެ ކަމަށެވެ. ހަމައެއާއެކު ޝަރުތު ނުވާ މީހެއް ކަމަށް ވެސް ދައްކަން ބަޔަކު އުޅެފައިވާކަމަށްވެސް ޝަހީދު ވިދާޅުވެފައިވެއެވެ.  އެހެންނަމަވެސް ޝަހީދު އަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ މީހެއް ކަމާއި ހައި ކޯޓުގެ ފަނޑިޔާރަކަށް ބޭނުންވާ ޝަރުތު ވެސް ފުރިހަމަވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ. 

ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރުން ހުއްޓުވަން، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލެއް ކަމަށްވާ އަހުމަދު ނައުޝާދު ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވާފައިވެއެވެ. ނައުޝާދަކީވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން