ޚަބަރު
މަނަފަރުން ތިލަފުށްޓަށް ދަނިކޮށް ފަރަށް އެރި ދޯނީގައި ތިބި ފަޅުވެރީން ހޮޅުދުއަށް ގެންގޮސްފި

"ގުރުވަ 1". ފޮޓޯ: އެމްއެންޑީއެފް.

ފަރުދުން
02 އޯގަސްޓު 2025، 11:34
02 އޯގަސްޓު 2025، 11:34
ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި އަރުވައިގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުން ދަނިކޮށް ފަރަށް އެރި ދޯނީގެ ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފަރަށް އެރި ދޯންޏަކީ މަނަފަރުން ތިލަފުށްޓަށް، ދިވެއްސަކާއި 2 ބިދޭސީންނާ އެކު ދަތުރުކުރަމުން ދިޔަ، "ގުރުވަ 1" ނަމަކަށް ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފް އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، "ގުރުވަ 1" ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އަށް ލިބިފައިވަނީ ރޭގެ 23:24 ހާއިރުއެވެ. މިކަމުގެ ޚަބަރު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަޙައްދަށް ދަތުރުކޮށް، ދޯނީގައި ތިބި 3 ފަޅުވެރިން ހާބަރކްރާފްޓްއަށް ވަނީ އަރުވާފައެވެ.
އެމްއެންޑީއެފް ކޯސްޓުގާޑުގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ. ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ޙާލު ރަނގަޅުކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

ކަނާތް ފަރާތުގައި: ފަޅުވެރިން ސަލާމަތްކުރަނީ. ވާތް ފަރާތުގައި: ފަޅުވެރިން ހޮޅުދުއަށް ބާލަނީ. ފޮޓޯ: އެމްއެންޑީއެފް