ޚަބަރު
ބަލްކް ކެރިއަރެއްގައި އޮތް ޙާލުބޮޑު ބަލި މީހަކު އެމްއެންޑީއެފްގެ އެހީއާ އެކު މަނަދުއަށް ގެންގޮސްފި

"ޓައިޑެކްސް". ފޮޓޯ: އެމްއެންޑީއެފް

ފަރުދުން
02 އޯގަސްޓު 2025، 11:21
02 އޯގަސްޓު 2025، 11:21
"ޓައިޑެކްސް" ނަމަކަށްކިޔާ ބަލްކް ކެރިއަރެއްގައި އޮތް ޙާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާ ދިނުމަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދުއަށް ގެންގޮސްދީފިއެވެ. ޢުމުރުން 49 އަހަރުގެ މި ދިވެހި ފިރިހެން މީހާ ނ. މަނަދުއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:00 ހާއިރުގައެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ނ.އަތޮޅު ދިގުފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް، "ޓައިޑެކްސް" ގައި އޮތް ބަލިމީހާގެ ޞިއްހީ ޙާލަތު ގޯސްވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައިވަނީ ރެއި ފަތިހު 04:45 ހާއިރުއެވެ. މިކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ "ޓައިޑެކްސް" އޮތް ސަރަޙައްދަށް ދަތުރުކޮށް، ބަލި މީހާ ސީ އެމްބިއުލޭންސަށް ލައި، މަނަދުއަށް ގެންގޮސްދީފައެވެ.

"ޓައިޑެކްސް" ގައި އޮތް ބަލިމީހާ. ފޮޓޯ: އެމްއެންޑީއެފް