Ads by Stelco

ޚަބަރު

ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށަން ތައްޔާރުވަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ފަށަން ތައްޔާރުވަނީ

ފުވައްމުލަކު ހޮސްޕިޓަލުގައި ސްކޭން މެޝިން ރޭވުމުގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޯގަސްޓު 2025، 02:58

01 އޯގަސްޓު 2025، 02:58

ފުވައްމުލަކު ހޮސްޕިޓަލުގައި މިމަހުގެ ތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. މިއީ އެ ސިޓީގެ ރައްޔިތުންނަށް ދިގު އިންތިޒާރެއްގެ ފަހުން ލިބިގެންދާނެ ވަރަށް މުހިންމު ޞިއްޙީ ޚިދުމަތެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށާއި، މިމަހުގެ ނިޔަލަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތްދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭން ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގެ މޭ މަހުގައެވެ.



ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފުވައްމުލަކުގެ ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އެސިޓީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދުމަތަކީ ސީޓީ ސްކޭންގެ ޚިދުމަތްކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ. 12000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީއަށް މި ޚިދުމަތް ލިބިގެންދިއުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މައްސަލައަށް ޙައްލެއް ގެނެސްދިނުމުގެ ގޮތުން ސިއްޙީ ވުޒާރާއިން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭނުގެ ޚިދުމަތް ފެށުމަށްޓަކައި، އިމާރާތަށް ބައެއް ބަދަލު ގެނެސް، ޖާގަ އިތުރުކުރުމުގެ މަސައްކަތް އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މިއީ ދެމިލިޔަން ނުވަލައްކައަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށްޓަކައި ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން  ފުވައްމުލަކު ހޮސްޕިޓަލުން މީޑިއާއަށް ދެއްވާފައިވާ މައިލޫމާތުގައި، މަސައްކަތްކުރަމުން ދަނީ މިމަހުގެ ނިޔަލަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމާ، ޚިދުމަތްދޭން ފެށުމަށްކަމަށެވެ.

މީގެއިތުރުން، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމެންވާއިރަށް ޚިދުމަތް ބޭނުންވާ މުވައްޒަފުން ތަމްރީންކޮށް، އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.ފުވައްމުލަކު ސިޓީގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ވަނީ އައު ޢިމާރާތެއް 2022 އަހަރު ތަރައްޤީކޮށްފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން