Ads by Ministry of Arts, Culture and Heritage

ޚަބަރު

ނުނިންމާ ހުރި މަޝްރޫއުތަކާއި މި ސަރުކާރުން ފެށި 150 އަށް ވުރެ ގިނަ މަޝްރޫއުތައް ކުރިއަށް އެބަދޭ: މިނިސްޓަރު ގީލާ

ނުނިންމާ ހުރި މަޝްރޫއުތަކާއި މި ސަރުކާރުން ފެށި 150 އަށް ވުރެ ގިނަ މަޝްރޫއުތައް ކުރިއަށް އެބަދޭ: މިނިސްޓަރު ގީލާ

ވަޒީރު ގީލާ ޢަލީ. ފޮޓޯ: ވުޒާރާ

ޢާއިޝަތު ޖަނާ ސަމީރު

ޢާއިޝަތު ޖަނާ ސަމީރު

17 ނޮވެމްބަރު 2026، 11:13

17 ނޮވެމްބަރު 2026، 11:13

ކުރީ ސަރުކާރުގެ ނުނިމި ހުރި މަޝްރޫއުތަކާއި މި ސަރުކާރުން ފެށި 150 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ދާކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ އަރާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ގީލާ ވިދާޅުވީ ސިއްހީ ދާއިރާ އާއި ގުޅޭ އުމްރާނީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަމަށެވެ. އޭގެތެރޭގައި ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި 200 އަށް ވުރެ ގިނަ މަޝްރޫއު އާއި މި ސަރުކާރުން ފަށާފައިވާ 150 އަށް ވުރެ ގިނަ މަޝްރޫއު ހިމެނޭ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.

ގީލާ ވިދާޅުވީ މި ސަރުކާރުން ފަށާފައިވާ އުމްރާނީ މަޝްރޫއުތަކުގެ ތެރޭގައި 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ހިމެނޭ ކަމަށާއި، އަދި 100 އެނދުގެ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

"މި ސަރުކާރުން އެކަނިވެސް 150 އަށް ވުރެ ގިނަ މަޝްރޫއުތައް އެބަ ކުރިއަށް ގެންދޭ. އޭގެ ތެރޭގައި 30 އެނދުގެ ހޮސްޕިޓަލްތައް، 50 އެނދުގެ ހޮސްޕިޓަލްތައް ޖުމްލަ 33 ހޮސްޕިޓަލުގެ މަސައްކަތް އެބަހުރި. އަދި އެހެންމެ 90 އަށް ވުރެ އަޕްގްރޭޑިން ނޫނިއްޔާ އެކްސްޕޭންޝަން ޕްރޮޖެކްޓްސް އެބަހުރި. އަދި ހަމަ އެހެންމެ 100 އެނދުގެ ހޮސްޕިޓަލްތައް އެބަ އާދޭ."

 ގީލާ ވިދާޅުވިއެވެ.

މީގެ އިތުރުން ގީލާ ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ އުންމީދުތައް ވަރަށް ބޮޑު ކަމަށެވެ. ވުމާއެކު މި ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ނިންމައި އެ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެ މިނިސްޓްރީ އިން ބުރަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

އަދުގެ ސަރުކާރަށް 3 އަހަރު ފުރިފައިވާއިރު، ސިއްހީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އަތޮޅުތެރޭގެ ޓާޝަރީ ހޮސްޕިޓަލްތަކާއި އާބަން ސެންޓަރުތަކުގައި އެމްއާރުއައި އާއި ސީޓީ ސްކޭންގެ ހިދުމަތްތައް ތައާރަފްކޮށްފައިވެއެވެ. އަދި އައިޖީއެމްއެޗްގައި 75 އެނދުގެ މަލްޓި- ސްޕެޝަލިޓީ ސާޖިކަލް ވިންގެއް ހުޅުވައި ހުޅުމާލެ ހޮސްޕިޓަލުގައި ޒަމާނީ އިމަޖެންސީ ޔުނިޓެއް ގާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ ވަސީލަތްތަކާއި ޑޮކްޓަރުންގެ ޚިދުމަތް އެންމެ ފުރިހަމައަށް ބޭނުންކުރުމަށްޓަކައި، ކުރިން އުފެއްދި "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލުމަށްފަހު، މުޅި ރާއްޖޭގެ ޓާޝަރީ ހޮސްޕިޓަލްތައް ގުޅުވާލެވޭ ވަކި ގްރޫޕެއް އުފެއްދުމަށް މި އަހަރުގެ އޮކްޓޫބަރުމަހު ނިންމާފައިވެއެވެ.

Ads by Ministry of Arts, Culture and Heritage

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450