ޚަބަރު
ސޯޝަލް މީޑިއާގައި ރައީސް އަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަނީ

ރައީސް އަަަށް މަރުގެ އިންޒާރުދިން މައްސަލަ
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
މަސްތުވާތަކެތީގެ މައްސަލަގައި މަރުގެ އަދަބު ދިނުމާއި ގުޅޭ ގޮތުން ރޭ ރައީސް އެކްސް ގައި ކުރެއްވި ޕޯސްޓާއި ގުޅޭ ގޮތުން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޚިއްސާ ކުރަމުން މަސީޙް މޫސާ ނަމަކަށް ކިޔާ މީހަކު ވަނީ ވަރަށް ހުތުރު ބަހުން ރައީސް ޑރ މުޙައްމަދު މުޢިއްޒުއަށް ނިސްބަތްކޮށް މަރުގެ އިންޒާރު ދީފައެވެ.
ލެޓިނުން ލިޔެފައިވާ މެސެޖަށްފަހު އޭނާ ވަނީ ވަޅީގެ ދެ އައިކަން ވެސް ބޭނުންކޮށްފައެވެ.
މިފަދަ މައްސަލަ ތަކަކީ ދިވެހި ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަ ތަކެކެވެ.