ދުނިޔެ

އިސްރާއިލް ސިފައިންގެ ތެރެއިން އަނބުރާ ޣައްޒާއަށް ހަނގުރާމައަށް ދާން ދެކޮޅުހަދާ މީހުންނަށް އަދަބުދެނީ

އިސްރާއިލް ސިފައިންގެ ތެރެއިން އަނބުރާ ޣައްޒާއަށް ހަނގުރާމައަށް ދާން ދެކޮޅުހަދާ މީހުންނަށް އަދަބުދެނީ

އިސްރާއިލްގެ ސިފައިންގެ މީހުންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2025، 05:35

31 ޖުލައި 2025، 05:35

އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައަށް އެނބުރި ދިޔުމަށް ދެކޮުޅުހަދާ ސިފައިންނަށް އިސްރާއިލުގެ ސަރުކާރުން އަދަބުދެމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. 

އިސްރާއީލް ސިފައިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ މުއްދަތު ދިގުކުރަމުންދަނީ މުޤަވަމާއެކު އެއްބަސްވުމަކަށް ވާސިލުވުމުގެ އުންމީދުގައި ކަމަށް އިސްރާއީލީ ދިރާސާވެރިން ފާހަގަކުރުމާއެކު ބުނެފައިވަނީ އެހެންނަމަވެސް އެއާއެކު، ހަނގުރާމައަށް އެނބުރި ދިއުމަށް އިންކާރުކުރާ ސިފައިންނަށް އަދަބުދެމުންދާކަމަށެވެ.

ޗެނަލް 24 ނިއުސްގެ އަސްކަރީ ކަންކަމުގެ ދިރާސާވެރިއެއް ކަމަށްވާ ޔޫސީ ޔެހޮޝުއާ ބުނެފައިވަނީ، ސިފައިން މައިދާނުގައި ވަގުތު ދިގުކުރަމުންދަނީ ހަމާސްގެ ޖަވާބަކަށް އިންތިޒާރުކުރަމުން ކަމަށެވެ. އެއީ "އިސްރާއީލުން ކޮންމެ އަގަކަށްވިޔަސް އެއްބަސްވުމަކަށް ވާސިލުވާން ބޭނުންވާތީ" ކަމަށް އޭނާ ބުނެފައިވެއެވެ.

މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން، ކުރީގެ ސިފައިންގެ ޕްލޭނިންގ ޑިވިޜަންގެ ވެރިޔާ ނިމްރޯޑް ޝެފަރ ބުނެފައިވަނީ، ހަނގުރާމަ ފެށުނީއްސުރެ 3،600 އަށްވުރެ ގިނަ ސިފައިންނަށް ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ޖެހިފައިވާ ކަމަށެވެ. އަދި ދިފާއީ މިނިސްޓްރީގެ އަންދާޒާތަކުން ދައްކާގޮތުގައި ދެއަހަރާއި ބައި ތެރޭގައި އިސްރާއީލުގައި 100،000 ނުކުޅެދޭ މީހުން ތިބޭނެ ކަމަށާއި، އޭގެތެރެއިން މަދުވެގެން ދެބައިކުޅައެއްބަޔަކީ ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭ މީހުން ކަމަށެވެ.

ސިފައިންގެ މީހެއްގެ މަޔަކު ހާމަކުރިގޮތުގައި، އޭނާގެ ދަރިފުޅު ޣައްޒާގައި ސަތޭކަ ދުވަހަށްވުރެ ގިނަ ދުވަހު ހަނގުރާމަކޮށްފައިވާއިރު، ހަނގުރާމައަށް އެނބުރި ދިއުމަށް އިންކާރުކުރުމުން، ކޮމާންޑަރުން އޭނާއަށް ނުރަނގަޅު ގޮތަކަށް ކަންތައްކޮށް، ފިލައިގެން އުޅޭ ބިރުގެންނެއްގެ ގޮތުގައި ދެކި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ޖަލަށް ފޮނުވަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން