Ads by Stelco

ޚަބަރު

ލަންކާ ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ: ރައީސް މުޢިއްޒު

ލަންކާ ރައީސްގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޢިއްޒު އަދި ލަންކާގެ ރައީސް އަނޫރާ.ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 10:58

30 ޖުލައި 2025، 10:58

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކްގެ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ، ރައީސް އަނޫރާ ރާއްޖެެއަށް ކުރެއްވެވި ފުރަމާނަ ދަތުުރުފުޅު ނިންމަވާލެއްވުމާ ގުޅިގެން ކުރެއްވެވި ޕޯސްޓެއްގައެވެ. 

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ސްރީލަންކާގެ ރައީސް އަނޫރާ ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވާފައިކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

ރައީސް މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ދަތުރުފުޅާއެކު ދިވެހިރާއްޖެ އާއި ސްރީލަންކާގެ ރަހުމަތްތެރިކަމާއި އެއްބާރުލުން އާ ފެންވަރަކަށް ގޮސްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.

މީގެއިތުރުން ދެ ޤައުމުގެ މެދުގައި އެއްބަސްވެފައިވާ ކަންކަން އަވަހަށް ތަންފީޒުކުރުމަށާއި، ހުރިހާ ފެންވަރެއްގައި ޤަވާއިދުން މަޝްވަރާކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ފާހަގަކުރައްވާފައިވެއެވެ.

ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން ދެމިއޮތުން އެދެން.

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ގިނަ މުހިންމު މަޝްވަރާތަކެއް ކުރެވި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން