Ads by Stelco

ޚަބަރު

ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

އެސްޓީއޯ ގެ އޮފީސް އިމާރާތް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 09:35

30 ޖުލައި 2025، 09:35

މި އަހަރުގެ ދެވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 574 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

 މި އަހަރުގެ ދެވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު، 12 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނާ ގޮތުގައި ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ އަގުތަކަށް ގެނައި ބަދަލާއި އަދި މި ކުއާޓާގައި ތެލުގެ ޑިމާންޑް ދަށްވުމެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖުމްލަ އާމްދަނީ ދަށްވުމާއެކު، ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވާ 574 މިލިއަން ރުފިޔާއަކީ އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު ދެ އިންސައްތައިގެ ދަށްވުމެކެވެ. އަދި ހިންގުމުގެ ހަރަދު އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 236 މިލިއަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ.

ހިންގުމުގެ ފައިދާ ދަށްވި ނަމަވެސް، ދެވަނަ ކުއާޓާގައި އިންވެސްޓްމަންޓް އިންކަމް އިތުރުވުމާއެކު ނެޓް ފައިނޭންސް ކުޑަކުރެވި، ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ 198 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 163 މިލިއަން ރުފިޔާއެވެ.

މިއީ، އޭގެ ކުރީ ކުއާޓާއާ އަޅާ ބަލާއިރު ތިން އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާ ބަލާއިރު ސާފު ފައިދާ 15 މިލިއަންއިން އިތުރުވެ، 10 އިންސައްތައިގެ ކުރިއެރުމެއް ވަނީ އެ ކުންފުންޏަށް ލިބިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން