Ads by Stelco

ޚަބަރު

އާރްޑީސީއަށް ނަޒީމް އެޗްޑީސީއަށް ޒުހައިރު

އާރްޑީސީއަށް ނަޒީމް އެޗްޑީސީއަށް ޒުހައިރު

ީއާރްޑީސީއަށް އައްޔަނުކުރެވުނު ނަޒީމް (ކ) އަދި އެޗްޑީސީއަށް އައްޔަނުކުރެވުނު ޒުހައިރު (ވ) ----

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 07:50

30 ޖުލައި 2025، 07:50

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުޙައިރު ވަކިކޮށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ނަޒީމު އެ މަޤާމަށް އައްޔަނުކުރައްވައިފިއެވެ.

އަދި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުން ޒުހައިރު ވަކިކުރެއްވުމަށްފަހު އެ ބޭފުޅާ އައްޔަނުކުރައްވާފައި ވަނީ، ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށެވެ.

ޒުހައިރު އެ މަޤާމަށް އައްޔަނު ކުރެއްވީ، ކުރީން އެ މަޤާމުގައި ހުންނެވި މ. ދޫރެސް، މުޙައްމަދު މަޢުރޫފް ޖަމީލް އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއަދު އާރްޑީސީގެ އެމްޑީގެ އެމަޤާމަށް އައްޔަނު ކުރެވުނު ނަޒީމްއަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް އޭރު އުފެއްދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ އެމްޑީގެ މަޤާމު ފުރުއްވި ބޭފުޅެކެވެ.

އޭގެ ފަހުން ރައީސް ޔާމީނުގެ ވެރިކަމުގައި ނަޒީމް އައްޔަންކުރެއްވީ ގެދޮރުވެރިކަމާ ބެހޭ ވުޒާރަގެ ވަޒީރުގެ ނައިބެއްގެ މަޤާމަށެވެ. އެ ދައުރު ނިމެންދެން އެ މަޤާމުގައި ހުންނެވީ ނާޒިމްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން