Ads by Stelco

ޚަބަރު

ލަންކާގެ ރައީސް އަނޫރާ ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފި

ލަންކާގެ ރައީސް އަނޫރާ ސަލްޓަން ޕާކުގައި ގަހެއް އިންދަވައިފި

ސްރީލަންކާގެ ރައީސް އަނޫރާ ގަސްއިންދަވަނީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 07:59

30 ޖުލައި 2025، 07:59

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސަނާޔަކަ ދިވެހިރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު މާލޭ ސަލްޓަން ޕާކުގައި ރަމްޒީ ގޮތުން ގަސްއިންދުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ރައީސް އަނޫރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ ޑިޕްލޮމެޓިކް ގުޅުމާއި ގާތް ރަޙްމަތްތެރިކަން ރަމްޒުކޮށްދިން ރަސްމިއްޔާތެކެވެ.

ދިވެހިރާއްޖޭގެ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން، ރައީސް އަނުރާ މި ރަސްމިއްޔާތުގައި އިންދަވާފައިވަނީ މޫނިމާ ގަހެކެވެ.  މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ހެޔޮ އެދުމުގެ ރަމްޒެއްގެ ގޮތުގައާ، ތިމާވެށި ރައްކާތެރިކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު އާކޮށްދިން ކަމެކެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮންނަ ގާތް ގުޅުމަށް ގިނަ އަހަރުތަކެއްވެފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މި ދަތުރުފުޅުގައި އެތައް މަޝްވަރާތަކެއް ވަނީ ކުރެވިގެންގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން