Ads by Stelco

ޚަބަރު

ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ފުލުހުންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ޖުލައި 2025، 03:23

30 ޖުލައި 2025، 03:23

ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

"މި ޕްރޮގްރާމަކީ އޮޕަރޭޝަނަލް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް 1" ގެ ނަމުގައި ކުރިއަށްގެންދިޔަ އެންހެންސްމަންޓް ޓްރެއިނިންގ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމަށް ޖުލައި 29 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމަކީ ގޭންގު ގާނޫނު ތަންފީޒުކުރަން ގާތްވުމާއެކު، ގޭންގު ކްރައިމް އެންފޯސްމަންޓުން ތައްޔާރުވުމަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގއެއް ކަމަސް ފުލުހުން ބުނެފައިވެއެވެ.

ޖުލައި 5 އިން 25 އަށް މާލެއާއި ދޫނިދޫގައި ކުރިއަށްގެންދިޔަ މި ޓްރެއިނިންގގައި ބައިވެރިވެފައިވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ އޮޕަރޭޝަނަލް މަސައްކަތްކުރާ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ފުލުހުންކަމަށްވެސް އެޚިދުމަތުން ބުނެފައިވެއެވެ.

މި ޓްރެއިނިންގގައި، ބޭސިކް ކްރައިސިސް ނެގޯސިއޭޝަން، ޓެކްޓިކަލް ސުވިމިންގ ޓެކްޓިކްސް، ރެޕެލިން އެންޑް ކްލައިމްބިން ސްކިލްސް، ޓެކްޓިކަލް ބްރީޗިން، ހޭންޑް ޓު ހޭންޑް ކޮމްބެޓް، އެންޓްރީ އެންޑް ކްލިއަރިން ޓެކްޓިކްސް އަދި މި ހުރިހާ ބައިތައް ހިމެނޭހެން ފައިނަލް ސިނޭރިއޯ އެކްސްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. 

މި ޓްރެއިނިންގ ކުރިއަށްގެންގޮސްފައިވަނީ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްވޮޓް ޓީމުގެ ފަރާތުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން