Ads by Stelco

ޚަބަރު

40 މީހުންނާއެކު ދަތުރުކުރި ބޯޓެއް ކާށިދޫ ކައިރީ ހުއްޓި، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

40 މީހުންނާއެކު ދަތުރުކުރި ބޯޓެއް ކާށިދޫ ކައިރީ ހުއްޓި، އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެނީ

ެއެމްއެންޑީއެފް ކޯސްޓްގާޑް ފޮޓޯ:އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2025، 12:08

30 ޖުލައި 2025، 12:08

މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ ބޯޓެއް މިއަދު ކާށިދޫ ކައިރީގައި އިންޖީނު ހުއްޓި، އެ ބޯޓުގައި ތިބި 40 މީހުންނަށް ދިވެހި ސިފައިން (އެމްއެންޑީއެފް) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، 40 މީހުންނާއެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރި މި ބޯޓު ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ސަލާމަތަށްޓަކައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންކަމަށެވެ. މި ހަރަކާތުގެ ދަށުން، ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ

މި ހާދިސާގައި ބޯޓު ހުއްޓުނު ސީދާ ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް، މީހުންގެ ސަލާމަތަށް އެމްއެންޑީއެފުން ވަނީ ވަގުތުން ފިޔަވަޅު އަޅާފައެވެ.

މި ހާދިސާގެ އިތުރު ތަފްސީލް އަންނަނީ.....

                    

Ads by MSS

މި ލިޔުން ކިޔާލުމުން