Ads by Stelco

ޚަބަރު

މައްސަލަ ޙައްލުކޮށް، ޚިދުމަތްތައް އަލުން ފަށައިފިން: ޓްރާންސްޕޯޓް މިނިސްޓްރީ

މައްސަލަ ޙައްލުކޮށް، ޚިދުމަތްތައް އަލުން ފަށައިފިން: ޓްރާންސްޕޯޓް މިނިސްޓްރީ

ޢުމަރު ޒާހިރު ބިލްޑިންގ: ފޮޓޯ- އެޗްޑީސީ

farudhun logo

ފަރުދުން

30 ޖުލައި 2025، 11:27

30 ޖުލައި 2025، 11:27

ޓްރާންސްޕޯޓް މިނިސްޓްރީގެ ސަރވަރއަށް އިއްޔެ ދިމާވި ކުއްލި މައްސަލަ މިހާރު ޙައްލުވެފައިވާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް އެމިނިސްޓްރީގެ ޚިދުމަތްތައް ފަށާފައިވާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ. އިއްޔެ (29 ޖުލައި) ގައި އެމިނިސްޓްރީގެ ސަރވަރ އަށް ކުރިމަތިވި ކުއްލި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެމިނިސްޓްރީގެ ޚިދުމަތްތައް ވަޤުތީ ގޮތުން މެދުކަނޑާލިއެވެ. މިމައްސަލަ މިހާރު ޙައްލު ކުރެވި، މިނިސްޓްރީގެ ޚިދުމަތްތައް އަލުން ފަށާފައިވާ ކަމަށް ޓްރާނސްޕޯޓް މިނިސްޓްރީ އިން ހާމަކުރީ، އެމިނިސްޓްރީގެ އެކްސް އެކައުންޓް އިން މިއަދު 10:33 ގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.



ޚިދުމަތް މެދުކެނޑިފައިވީ މުއްދަތުގައި ރައްޔިތުންނަށް ކުރިމަތިވީ އުނދަގޫތަކަށް މަޢާފަށް އެދެމުން، ރައްޔިތުންގެ ކެތްތެރިކަމަށް އެމިނިސްޓްރީއިން ވަނީ އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން