Ads by Stelco

ޚަބަރު

ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމާ ގުޅިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކޮށްފި

ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމާ ގުޅިގެން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކޮށްފި

ދިފާޢީ ވުޒާރާއާއި އެކު ސްރީލަންކާގެ ރައީސް އާއި ވަފުދު މަޝްވަރާކުރެއްވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖުލައި 2025، 10:14

29 ޖުލައި 2025، 10:14

 ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ރާއްޖެއަށް ކުރައްވަމުންދާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެވިއްޖެއެވެ.

މި މަޝްވަރާތައް ކުރެވިފައިވަނީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ސްރީލަންކާގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އެކުލަވާލާފައިވާ ފްރޭމްވޯކްތައް އިތުރަށް ހަރުދަނާކުރުމާއި، ދެ ޤައުމު ގުޅޭ ސަރަހައްދުގެ ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނު އެއް ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވުމެވެ. މިކަމުގައި ސްރީލަންކާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ ވަނީ ދެއްވާފައެވެ.

ސްރީލަންކާގެ ރައީސްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިފައިވެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާކުރެވުނެވެ.

ދެ ޤައުމުގެ ދެމެދުގައި ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް ކުރެވުނު މި މަޝްވަރާތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން