Ads by Stelco

ޚަބަރު

އާރުއޭސީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި މުބީން އިސްތިއުފާ ދެއްވައިފި

އާރުއޭސީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި މުބީން އިސްތިއުފާ ދެއްވައިފި

އާރިއޭސީއެލްގެ އެމްޑީގެ މަޤާމުގައި ހުންނެވި އަޙުމަދު މުބީން، ފޮޓޯ: އާރުއޭސީއެލް

farudhun logo

ފަރުދުން

29 ޖުލައި 2025، 09:12

29 ޖުލައި 2025، 09:12

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރގެ މަޤާމުގައި ހުންނެވި އަޙުމަދު މުބީން އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މުބީން މި މަޤާމުން އިސްތިއުފާ ދެއްވިއިރު، އާރުއޭސީއެލް އާއި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމަށް ނިންމާފައިވާކަން ސަރުކާރުގެ ފަރާތުން ހާމަކޮށްފައިވެއެވެ.

އެކަން ހާމަކުރައްވައި  އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ،  ދެ ކުންފުނި އެއްކޮށްލުމަށް ނިންމައި، އެމްއޭސީއެލްގެ ދަށަށް ކުރިއަށް އޮތް ދެ ތިން މަސްތެރޭ އާރްސީއެލް ގެންދެވޭނެއެވެ. އަދި މިކަމާ ގުޅޭ ގިނަ މަސައްކަތްތަކެއް މިހާރު ނިންމާފައިވާކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ރީޖަނަލް އެއާރޕޯޓުތައް ހިންގުމަށް ހަދާފައިވާ އާރުއޭސީއެލްއަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ވެސް 95 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައި ވެއެވެ.

އަދި އެ ކުންފުނީގެ ވެލުއޭޝަން މަސައްކަތް ކުރިއަށްގެންދާތީ، މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގެ ފަހުން ކުންފުނީގެ މާލީ ހިސާބުތައް އާންމުކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާއާ ހަމައަށް އެ ކުންފުންޏަށް ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކުންފުނީގެ ހިންގުން ހަމަޖައްސަން 2023 ވަނަ އަހަރު ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި 113 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން