Ads by Stelco

ޚަބަރު

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ނުހިފަން މަޖިލީހުގެ އިލްތިމާސެއް

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުގެ ބޭނުން ނަހަމަގޮތުގައި ނުހިފަން މަޖިލީހުގެ އިލްތިމާސެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 ޖުލައި 2025، 03:42

29 ޖުލައި 2025، 03:42

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ހާމަކުރާ މަޢުލޫމާތުތަކުގެ ބޭނުން ނަހަމަގޮތުގައި ނުހިފުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

 މިގޮތަށް އިލްތިމާސްކުރަން ޖެހުނީ ބައެއް ފަރާތްތަކުން މަޖިލީހުން އާންމުކުރާ މަޢުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް، އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުން ގެންދާތީއެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު މަޢުލޫމާތު ހިއްސާކުރުމަށާއި، މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އެދިފައިވެއެވެ.

މަޖިލީހުގެ އިދާރާއިން ފާހަގަކުރި ގޮތުގައި، ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، މެންބަރުން ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކުގެ މަޢުލޫމާތު ވެސް އާންމުކޮށް ފެންނަން ހުންނާނެއެވެ.

މަޖިލީހުގެ އިދާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމުގެ މައިގަނޑު މަޤްޞަދަކީ ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު މުއްސަނދިކުރުމާއި، ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުމެވެ.

އަދި މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި ކަންހިނގާ ގޮތަށް އަހުލުވެރިކުރުވުމާއި، ޢާންމު މައްސަލަތަކާއި ޤައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުމަކީ މަޖިލީހުގެ މުހިންމު މަޤްޞަދެއް ކަމުގައި މަޖިލީހުގެ އިދާރާއިން ބަޔާންކޮށްފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން