ޚަބަރު
ލަންކާ ރައީސްގެ ދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ލަންކާ ރައީސްގެ ދަތުރުފުޅާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކްފާން މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ދަތުރުފުޅަކީ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ދުވަހާއިދިމާކޮށް ކުރައްވާ ދަތުރުފުޅަކަށް ވާތީ، މިއީ ވަރަށް ޚާއްސަ އަހަންމިއްޔަތެއް ދެވޭ ދަތުރުފުޅެއް ކަމަށް ރައީސް މުޢިއްޒު ވަނީ އެމަނިކްފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު، އެންމެ ފުރަތަމަ ގުޅުން ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނޭ ކަމަށެވެ. އަދި ސްރީލަންކާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އެންމެ ގާތް އެއް ރަޙުމަތްތެރިޔާ އަދި ތަރައްޤީގެ ބައިވެރިއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެހީތެރިކަން ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. މި މަޝްވަރާތަކަށްފަހު އެމަނިކުފާނު ވަނީ މި އައު އަޒުމާއެކު ދެ ސަރުކާރާއި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަޤީންކަން ދެއްވާފައެވެ.
ސްރީ ލަންކާއާއި ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބަދަލުކުރަމުން އަންނަ ދެ ޤައުމެވެ. ރާއްޖެއިން ލަންކާއާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
Welcome His Excellency President @anuradisanayake of Sri Lanka on his first State Visit to the Maldives.
— Dr Mohamed Muizzu (@MMuizzu) July 28, 2025
This visit holds special significance as our nations celebrate 60 years of diplomatic relations. Sri Lanka was among the first countries we established ties with upon gaining… pic.twitter.com/VhzZjUiB78
ލަންކާގެ ރައީސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޚާރިޖީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީން ފޯރުކޮށްދިނުމާއި ގުޅޭ އެމްއޯޔޫއެއްގައި އާއި ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ފޯރުކޮށްދިނުމާބެހޭ މުއާހަދާއެއް ވަނީ ސޮއިކޮށްފައެވެ.