Ads by Stelco

ޚަބަރު

ލ. މާވަށުގައި މީހަކު މަރާލުން : ހަމަލާދޭން ބޭނުންކުރި ވަޅި މޫދުން ހޯދައިފި

ލ. މާވަށުގައި މީހަކު މަރާލުން : ހަމަލާދޭން ބޭނުންކުރި ވަޅި މޫދުން ހޯދައިފި

ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29)

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖުލައި 2025، 07:03

28 ޖުލައި 2025، 07:03

ލ. މާވަށުގައި މިއަދު މީހަކު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެ ހަމަލާދޭން ބޭނުންކުރި ވަޅި މޫދުން ހޯދައިފި އެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް، ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ހަމަލާއާ ގުޅިގެން މަރުވެފައިވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އެވެ. މި ހަމަލާ އޭނާއަށް ދީފައިވަނީ ރަށުގެ އާއްމުން ތިބި ސަރަހައްދެއްގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ނޮޅިވަރަންފަރު އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29) ކަމަށެވެ. އޭނާ މިހާރު ހުރީ މާވަށު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި އޭނާއަކީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:00 ފަހުންނެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "މިހާރު"އަށް ވިދާޅުވީ، މި ހަމަލާދިން ކަމަށް މިހާތަނަށް ބެލެވެނީ އެ ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށެވެ. މާވަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މި ހަމަލާދިން މީހާއަކީ ކުށުގެ މާހައުލުގައި އުޅޭ މީހެއް ކަމުގެ ތުހުމަތު އޮވެ އެވެ. އަދި އޭނާއަކީ ދޭތެރެއަކުން އެ ރަށަށް ގޮސް އުޅޭ މީހެކެވެ.
މި މައްސަލައިގައި ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި، ފުލުހުންގެ ޑައިވިންގ ޓީމަކުން މޫދަށް ފައިބައިގެން ވަނީ ހޯދާފަ އެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން